ފޮނަދޫ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޮނަދޫ ޒުވާނުންގެ ރޫޙުން ހޯދައިފި

ފޮނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އެކައުންސިލްގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޮނަދޫ ޒުވާނުންގެ ރޫޙުން ހޯދައިފިއެވެ. ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި މިމުބާރާތުގެ ޗެމްޕިއަންކަން ޒުވާނުންގެ ރޫޙުން ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗުގައި މޯލްޑިވްސް ޔޫތު މޫވްމަންޓްގެ ޓީމު 7 ލަނޑު 2 ލަނޑުން ބަލިކުރުމަށްފަހުގައެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޮނަދޫ ޒުވާނުންގެ ރޫޙަށް 3 ލަނޑު ކާމިޔާބުކޮށްދިން ޖާޒީ ނަންބަރު 11 ފާޠިމަތު ޝާއިރާއެވެ. އެޓީމުގެ ޖާޒީ ނަންބަރު 13 މަރްޔަމް ޝިޒާނާގެ ފަރާތުންވެސް ވަނީ 2 ލަނޑު ފެނިފައެވެ. މީގެ އިތުރުން ޖާޒީ ނަންބަރު 10 އާމިނަތު ރާއިދާ އަދި ޖާޒީ ނަންބަރު 9 ޙައްވާ މިޒުނާވެސް ވަނީ ލަނޑު ލިސްޓުން ޖާގަ ހޯދާފައެވެ. މޯލްޑިވްސް ޔޫތު މޫވްމެންޓްގެ 2 ލަނޑުވެސް ފެނިގެންދިޔައީ ޖާޒީ ނަންބަރު 11 ފާޠިމަތު މަޒިއްޔާގެ ފަރާތުންނެވެ.

ޗެމްޕިއަން ޓީމަށް -/10000ރ އަދި ރަނަރަޕް ޓީމަށް -/7000ރ ލިބޭ މިމުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ.

މުބާރާތުގެ ވަނަތައް:

  • ޗެމްޕިއަން ޓީމް: ފޮނަދޫ ޒުވާނުންގެ ރޫޙް
  • ރަނަރަޕް ޓީމް: މޯލްޑިވްސް ޔޫތު މޫމެންޓް
  • ފެއަރޕްލޭ ޓީމް: ލެކްރޯސް
  • މުބާރާތުގެ އެންމެ މޮޅު 07 ކުޅުންތެރިން
  • ފާޠިމަތު ޖުނާ / ޖ. ނަންބަރު 13، ތްރީ.އެމް.އޭ.އެޗް
  • ސިތާނާ ޢަލީ / ޖ. ނަންބަރު 9، މޯލްޑިވްސް ޔޫތު މޫވްމެންޓް
  • އާމިނަތު ޖެނިފާ / ޖ. ނަންބަރު 14، ފޮނަދޫ ޒުވާނުންގެ ރޫޙް
  • ފާޠިމަތު މަޒިއްޔާ / ޖ. ނަންބަރު 11، މޯލްޑިވްސް ޔޫތު މޫވްމެންޓް
  • ފާޠިމަތު ސިޒާނާ / ޖ. ނަންބަރު 13، ފޮނަދޫ ޒުވާނުންގެ ރޫޙް
  • އާމިނަތު ރާއިދާ / ޖ. ނަންބަރު 10، ފޮނަދޫ ޒުވާނުންގެ ރޫޙް
  • ފާޠިމަތު ޝާއިރާ / ޖ. ނަންބަރު 11، ފޮނަދޫ ޒުވާނުންގެ ރޫޙް

މީގެ އިތުރުން މުބާރާތުގެ ސްޕޮންސަރުންނަށާއި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި މުބާރާތުގެ ރެފްރީންނަށް އަގުވަޒަން ކުރުމުގެ ގޮތުން ކައުންސިލުން ހަނދާނީ ލިޔުން ދީފައިވެއެވެ. މުބާރާތުގެ ސްޕޮންސަރުންނަކީ ބުލޫބްރިޖް، އޭފޯ ކުއެސްޓް، ޖޭމް ކިޗަން، ފިޒްކާ، ބީޗް ސްޕޮޓް، ފޯއާރު އެލުމުނިއަމް އަދި މުހުން ކެފޭ އެންޑް ބިސްޓްރޯ އެވެ. މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަކީ ލ. ފޮނަދޫ ޕޮލސް ސްޓޭޝަން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ، ފެނަކަ ލ. ފޮނަދޫ ބުރާންޗް، ލ. ފޮނަދޫ ޕަބްލިކް ވާރކްސް ސާރވިސަސް، ބޭންކް އޮފް މޯލްޑިވްސް ފޮނަދޫ ބުރާންޗް، ބަރާސިލް އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީ އަދި ލ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.