ފޮނަދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްފި

ފޮނަދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ފޮނަދޫ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަތޮޅު ކައުންސިލްގެ ރައީސްވަނީ ކައުންސިލްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާފައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެގޮތްތައް ވެބްސައިޓް މެދުވެރިކޮށް ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލް މުވައްޒަފުންގެ ކިބައިން އެދިލެއްވިއެވެ.
މިވެބްސައިޓްގެ އެޑްރެހަކީ: www.fonadhoo.gov.mv އެވެ.