ރަށުގެ ތަޢާރަފް


   ފޮނަދޫއަކީ ހައްދުންމަތީގެ އިރުމަތީ ފަރާތުން މައި ފުއްޓަރާއި ގުޅިފައިވާ އަތޮޅުގެ މެދުތެރޭގައި އޮންނަ 159.2 ހެކްޓަރުގެ ރަށެކެވެ. 1992 މާރޗް 01 ވަނަ ދުވަހުން ފެށިގެން އަތޮޅުގެ ވެރިކަން ކުރާ ރަށަކީވެސް ފޮނަދޫއެވެ. ޖުމްލަ ގޮތެއްގައި ސުލްޙަމަސްލަހަތާއި އަމަން އަމާންކަމަށް ލޯބިކުރާ އެކުވެރި އުޚުއްވަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އިޤްތިޞާދީގޮތުން މެދުމިނުގެ ފުދުންތެރިކަމާއި، ވަޒީފާގެ ފުރުޞަތު ވޭތުދިޔަ ދުވަސްތަކުގައި ޙާސިލްކުރެވިފައިވާ ރަށެކެވެ. 1986 ވަނައަހަރުން ފެށިގެން ފޮނަދޫގެ އުތުރަށް އޮންނަ 3 ރަށަކާއި ކޯސްވޭއަކުން ގުޅާލެވިފައިވާތީ، އަތޮޅުގައި ފޮނަދޫ ހިމެނޭ ސަރަހައްދަކީ އެއްގަމުމަގުން ދަތުރުކުރެވޭ ގޮތަށް ގުޅާލެވިފައިވާ ރާއްޖޭގެ އެންމެ ދިގު ސަރަހައްދެވެ. ފޮނަދޫ އާއި ގުޅިފައިވާ ރަށްތަކަކީ ކައްދޫ، މާންދޫ އަދި ގަމެވެ.


އާބާދީ

އަންހެން: 1483

ފިރިހެން: 1553

ޖުމްލަ އާބާދީ : 3036

މީހުން ދިރިއުޅޭ ގޭގެ ޢަދަދު: 625


މުހިންމު ތަންތަން


ހުކުރު މިސްކިތް

   މިރަށުގައި އާސާރީ މިސްކިތެއްގެގޮތުގައި ބެލެވޭ ކުރީގެ ހުކުރު މިސްކިތެއް ( ހިރިގަލުން ރާނާ ލަކުޑިން މަތިވަޑާންގަނޑު ހަދާ ދަގަނޑު ޓިނުން ހިޔާކޮށްފައިވާ ) ހުރެއެވެ. މަސްހޫރު ޢިލްމުވެރިއެއް ކަމަށްވާ އަޙުލާމާ ސިރާޖުއްދީނުގެ މަޤްބަރާ ހުންނަނީ މިމިސްކިތުގެ ގޯތިތެރޭގައެވެ.