ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް
ޚިދުމަތްދޭ ގަޑި: |
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން އަދި
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓް:
https://fonadhoo.gov.mv/idcard-service/ އިން
|
ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: |
|
އަލަށް ކާޑު ހަދާނަމަ: |
- އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު
- މާލެ ނުވަތަ އެއްވެސް ރަށެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އެރަށެއްގެ ދަފްތަރު ސެޓްފިކެޓްގެ އަސްލު
- މާލެ ގެއެއްގައި ރެޖިސްޓްރީ ކުރެވިފައި ވާނަމަ، އެގެއެއްގެ ރަޖިސްޓްރީގެ އަސްލު
- އަތޮޅުތަކުން ރަށެއްގެ ގޭގައި ރެޖިސްޓަރ ކޮށްފައި ވާނަމަ އެގެއެއްގެ ރެޖިސްޓްރީ، (ރެޖިސްޓްރީ އަތުގައި ނެތްނަމަ ރަށު ކައުންސިލް އިން އެގޭގެ ރެޖިސްޓްރީ މެއިލް ކޮށްދެއްވުމަށް އެދި ދެންނެވިދާނެއެވެ.)
- މަންމަ ނުވަތަ ބައްޕަ އަކީ ދިވެހި ރައްޔިތެއް ނޫންނަމަ، އެބެލެނެވެރިއެއްގެ ޕާސްޕޯޓް.
ނޯޓް: ކާޑު ހަދައިދެވޭނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ރަށެއްގެ ގެއެއްގައި ނުވަތަ ދަފްތަރެއްގައި ރެޖިސްޓްރީ ކުރުމައް ފަހުގައެވެ.
|
|
ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން |
- އެންމެފަހުން ހެދި އައިޑީކާޑު
|
|
ކާޑުގެއްލިގެން |
- ފޯމާއިއެކު އެހެންލިއުމެއް ބޭނުމެއްނުވާނެއެވެ.
|
|
މައުލޫމާތު ބަދަލުވެގެން |
- މައުލޫމާތު ބަދަލުވިކަމުގެ ހެއްކެއްގެ ގޮތުގައި ބަދަލުކޮށްފައި ވާމައުލޫމާތު ހިމެނޭ ލިއުމުގެ އަސްލު
(މިސާލަކަށް : ނަން ބަދަލުވެފައި ވާނަމަ، ބަދަލުކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް. ނުވަތަ ގޭގެ ރެޖިސްޓްރީ ބަދަލު ވެފައިވާނަމަ އަލަށް ރެޖިސްޓަރީ ކުރި ގޭގެ ރެޖިސްޓްރީ)
|
ކާޑު ދޫކުރުން |
|
ގަޑި |
- – ކާޑު ދޫކުރުމަށް ހަމަޖެހިފައިވާނީ މިއިދާރާއަށް ކާޑު ލިބުމުން ބަންދުނޫން ދުވަސްދުވަހު 8:30 އިން 12:00 އަށް
|
|
ހުށަހަޅންޖެހޭ ތަކެތި |
- ފައިސާ ދައްކަންޖެހޭ ކާޑެއް ނަމަ، އެކާޑަކަށް ކަނޑައެޅިފައިވާ ފައިސާ
- ބަދަލުގައި މީހަކު ފޮނުވާނަމަ، އެފަރާތެއްގެ އައި.ޑީ ކާޑު
|
ނޯޓް: ކާޑު ދޫކުރެވޭނީ ދިވެހިންނަށެވެ. (ބޭރުމީހެއްނަމަ ކާޑުދޫކުރެވޭނީ ކާޑުގެ ވެރިފަރާތުގެ މަންމަ ނުވަތަ ބައްޕް ކަމުގި ވާނަމައެވެ. އަދި އެފަދަ ހާލަތެއްކަމުގައި ނަމަ އެމީހެއްގެ ޕާސްޕޯޓް އޮންނަން ޖެހޭނެއެވެ.) |
ފޮޓޯނެގުން
- ފޮޓޯ ނަގަންވާނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ނުވަތަ އެޑިޕާޓްމެންޓުން އައިޑިކާޑުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާ ތަންތަނުންނެވެ
- ދިހައަހަރުން ދަށުގެ ކުއްޖެއްނަމަ، ފޮޓޯނެގިތާ ތިންމަސް ހަމަނުވާ ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް އައިޑިކާޑުގައި ޖެހުމަށް ހުށަހެޅިދާނެއެވެ. ފޮޓޯ ހުންނަން ވާނީ ހުދުކުލައިގެ ބެކްގްރައުންޑެއް ގައެވެ.
|