ފޮނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ނައިބު ރައީސަކަށް އަޙުމަދު މަމްދޫހް ހޮވިއްޖެ

ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ސައުގުވެރިކަންފާޅުކޮށް ކުރިމަތި ލެއްވީވެސް މަމްދޫޙް އެކަންޏެވެ. އެހެންކަމުން މަމްދޫޙް ނައިބު ރައީސަކަށް ހަމަޖެއްސުމަށް ކައުންސިލަރުންގެ މެދުގައި ނަގާފައިވަނީ ފެންނަނުފެންނަ ވޯޓެކެވެ. މި ވޯޓުަގައި ހުރިހައި ކައުންސިލަރުންވެސް ވޯޓު ދެއްވީ މަމްދޫޙް ނައިބު ރައީސަކަށް ހަމަޖައްސަން ފެންނަ ކަމަށެވެ.