ފޮނަދޫ ކައުންސިލްގެ  ކައުންސިލަރުން ހުވާކުރެއްވުމާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރެއްވުމުގެ ދަރުބާރު ބާއްވައިފި

ލ. ފޮނަދޫ ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތި މިއަދު ހެނދު 9:00 ބާއްވައިފިއެވެ. މިކަމަށްޓަކައި ލ. ފޮނަދޫ މެދުއަވަށު އިޖުތިމާޢީ މަރުކަޒުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަރީފެވެ. މި ދަރުބާރުގައި ކައުންސިލަރުން ހުވާކުރެއްވުމަށްފަހު ހުވާ އިޤުރާރުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު ދުވަހަށް އިންތިޚާބުވި ފޮނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންވެސްވަނީ އިޤުރާރުގައި ސޮއިކުރައްވާފައެވެ.