އދ. އަތޮޅު ކައުންސިލްގެ ވަފުދެއް ފޮނަދޫއަށް ޒިޔާރަތްކޮށްފި

އދ. އަތޮޅު ކައުންސިލްގެ ފަރާތުން ތަޖްރިބާ ހޯދުމުގެ ބޭނުމުގައި ލ. އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން ފޮނަދޫ ކައުންސިލަށް ޒިޔާރަތް ކޮއްފިއެވެ. މިމަހުގެ 16 ވަނަ ދުވަހުގެރޭ މިވަފުދު ފޮނަދޫ ކައުންސިލަށް ޒިޔާރަތް ކުރުމުން ފޮނަދޫ ކައުންސިލްގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ދެކައުންސިލްގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. ފޮނަދޫ ކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވި މިބައްދަލުވުމުގައި އދ އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކާ އެކައުންސިލަށްހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފޮނަދޫ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ، ރަށާބެހޭގޮތުން ސާފުކުރަން ބޭނުންވާ މަޢުލޫމާތުވަނީ އޮޅުންފިލުވާފައެވެ.
ބައްދަލުވުމަށްފަހު އދ. އަތޮޅުކައުންސިލް ވަފުދުގެ ޟަރަފުގައި ފޮނަދޫ ކައުންސިލުންވަނީ ރޭގަނޑުގެ ފަރިއްކޮޅެއް އަރުވާފައެވެ.





