އދ. ދަނގެތީ ކައުންސިލްގެ ވަފުދެއް ފޮނަދޫއަށް ޒިޔާރަތްކޮށްފި

އދ. ދަނގެތި ކައުންސިލުގެ ފަރާތުން ލ. އަތޮޅަށް ކުރަމުންދާ ތަޖުރިބާ ހޯދުމުގެ ދަތުރުގެ ތެރެއިން މިއަދު ހަވީރު ފޮނަދޫއަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި ދަނގެތި ކައުންސިލުގެ އިތުރުން ރަށުގެ އެހެނިހެން އިދާރާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންވެސް ބައިވެރިވެފައިވެއެވެ. ވަފުދު ފޮނަދޫއަށް ޒިޔާރަތް ކުރުމުން ފޮނަދޫ ކައުންސިލްގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ދަނގެތި ވަފުދުގެ ޝަރަފުގައި ފޮނަދޫ ކައުންސިލުންވަނީ މިރޭގެ ފަރިއްކޮޅުވެސް އަރުވާފައެވެ.