އދ. ދިގުރަށު ކައުންސިލްގެ ވަފުދެއް ފޮނަދޫއަށް ޒިޔާރަތްކޮށްފި

އދ. ދިގުރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ބައެއް ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުން ހިމެނޭ ވަފުދެއް ފޮނަދޫއަށް ޒިޔާރަތް ކޮށްފިއެވެ. މިވަފުދަކީ ތަޖުރިބާ ހޯދުމުގެ ގޮތުން ލ. އަތޮޅަށް ޒިޔާރަތްކުރި ވަފުދެކެވެ. ނޮވެމްބަރ 11 ވަނަ ދުވަހު މިވަފުދުގެ ބޭފުޅުން ފޮނދޫއަށް ވަޑައިގަތުމުން ފޮނަދޫ ކައުންސިލާއި ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެވަފުދަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

އަދި ނޮވެމްބަރ 12 ވަނަ ދުވަހުގެރޭ ވަފުދުގެ ބޭފުޅުންގެ ޝަރަފުގައި ފޮނަދޫ ކައުންސިލުންވަނީ ހަފުލާއެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ރޭގަނޑުގެ ފަރިއްކޮޅުގެ އިތުރުން ފޮނަދޫ އާއި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހިންގާފައިވާ އަދި ކުރިޔަށް ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ވަފުދުގެ ބޭފުޅުންނާ ހިއްސާކޮށްފައިވެއެވެ.

މި ދަތުރުގައި ދިގުރަށު ކައުންސިލުގެ ފަރާތުން ތަޖުރިބާ ދަތުރުގެ ހަނދާނީ ފިލައެއް ފޮނަދޫ ކައުންސިލާވަނީ ޙަވާލުކޮށްފައެވެ.