ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުން

ފޮނަދޫ ކައުންސިލުން އިސްނަގައިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރުއް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނުވަނީ ފޮނަދޫ ހުޅަނގު ފަރާތުގެ އަތިރިމަތީގައި 100 ރުއް އިންދާފައެވެ. ރުއް އިންދުމުގެ މަސައްކަތުގައި ބައިވެރިވެފައިވަނީ ކައުންސިލާއި ފޮނަދޫގައި ހުންނަ ސަރުކާރު އިދާރާތަކުގެ މުވައްފަޒުންނެވެ.
މި މަސައްކަތަކީ އެމް.ޓީ.ސީ.އީ އާއި ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ އެހީތެރިކަމާއެކު ހިންގުނު ޕްރޮގްރާމެކެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހެވެ.